ދަރިފުޅު އުފަންވާ ދުވަހުވެސް ނަން ކީދާނެއެވެ. 7 ވަނަ ދުވަހު ވެސް ނަން ކީދާނެއެވެ. ނަމަވެސް ސުންނަތް ވެގެންވަނީ 7 ވަނަ ދުވަހު ޢަޤީޤާ ކަތިލުމެވެ. 7 ވަނަ ދުވަހު ކަތި ނުލެވިއްޖެނަމަ 14 ވަނަ ދުވަހު ކަތިލާނީއެވެ. 14 ވަނަ ދުވަހު ކަތި ނުލެވިއްޖެ ނަމަ 21 ވަނަ ދުވަހު ކަތިލާނީއެވެ. 21 ވަނަ ދުވަހު ކަތިނުލެވިއްޖެނަމަ އެމީހަކު ބޭނުންދުވަހަކު ކަތިލާނީއެވެ.
ޢަޤީޤާ ކަތިލުމަކީ ނަން ކިޔުމާއި ގުޅިފައިވާ ކަމެއް ނޫނެވެ. އެއީ ކުއްޖަކު އުފަންވުމުން އެއް ފަހަރު އަދާކުރަން ޖެހޭ ސުންނަތެކެވެ. ވީމާ ކުއްޖާގެ ނަން ބަދަލު ކުރި ނަމަވެސް ބަދަލުކުރާ ކޮންމެ ފަހަރަކު ޢަޤީޤާ ކަތިލުމެއް ނެތެވެ.
ބައެއް މީހުންނަށް ހީވެފައި އޮންނަނީ ނަން ކިޔުމަކީ ޢަޤީޤާ ކަތިލާ ވަގުތު ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ކުށް ހީއެކެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް