އަންނައަހަރު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އެމްޑީޕީ ޕްރްއިމަރީގައި ހެންވޭރު ދެކުނު ދާއިރާ އަށް ވާދަ ކުރައްވާ ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގެ ކެންޕެއިން ޖަގަހަ ހުޅުވައިފިއެވެ.
އަނދުން ހުސެއިން ގެ ކެންޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުން ރޭބެއްވި ހަފަލާގައި ޖަގަހަ ހުޅުވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރީއްޔާ އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އެވެ.

ހުސައިން ފާހަގަ ކުރެވިފައިވަނީ އެމްޑީޕީއަށާއި ދާއިރާގެ ރައްޔިތުންނަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ރައްޔިތުންގެ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެއްގެ ގޮތުގައެވެ.
މި ހަފްލާގައި ދާއިރާގެ ގިނަރައްޔިތުން ވަނީ ބައިވެރިވެފައެވެ.
