ރައީސް ޔާމީންގެ ޕީއެންސީގެ ލޯގޯގައިވެސް ރުކެއް

ކިޔުމަށް ހޭދަވާނީ 51ސ
ރައީސް ޔާމީންގެ ޕީއެންސީގެ ލޯގޯގައިވެސް ރުކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވާ އަލަށް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދިދައާއި ލޯގޯ ދައްކާލައިފިއެވެ. 

ޕީޕީއެމްގެ ކުރީގެ ނައިބުރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ ގެ ނަމުގައި ރެޖިސްޓްރީކުރި ޕީއެންސީގެ ލޯގޯގައި ވެސް އިންނަނީ، ޕީޕީއެމްގެ ލޯގޯއާއި އެއްފަދައިން، ރުކެކެވެ. 

ޕީއެންސީގެ ދިދައާއި ލޯގޯ އާންމުކުރީ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން އެވެ. ކުޑަ ތަފާތެއް ހުރި ނަމަވެސް ޕީޕީއެމްގެ ލޯގޯއާއި ޕީއެންސީގެ ލޯގޯގައި ވަރަށް ބޮޑަށް އެއްގޮތް ގޮތެއް ހުރެއެވެ. 

ޕީއެންސީގެ ކުލައަކަށް ހަމަޖައްސާފައިވަނީ ވިލު ކުލައެވެ. 

އައު ސިޔާސީ ޕާޓީއެއް އުފައްދަން ނިންމާފައިވަނީ ޕީޕީއެމްގެ ލީޑަރޝިޕް އާއި ގުޅޭގޮތުން މައްސަލައެއް މިވަގުތު ސުޕްރީމް ކޯޓުގައި ބަލަމުންދާތީ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން