މިޔުޒިކް ކުޅުންވެސް، މިޔުޒިކް ކުޅޭ ތަންތަނުގައި ހުރުންވެސް ހުއްދަ ނޫން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ ގެސްޓް ހައުސް ސިމްޕޯޒިއަމް ނިންމުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު ޝައިޚް އިމްރާން ހުންނެވުމުން އިސްލާމް ދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ލިޔުންތަކާއި ގުޅިގެންނެވެ.
ޑރ. އިޔާޟް ވިދާޅުވީ އެތަނުގައި ޝައިޚް އިމްރާން ހުންނެވުމަކީ މިޔުޒިކް ހުއްދަވުން ނޫން ކަމަށެވެ. އެފަދަ މުންކަރާތް ހިނގާ ތަންތަނުގައި ހުރެގެން ނުވާނެ ކަމަށެވެ.
އަދި އެފަދަ ތަނަކުން މީހަކު ފެނުނު ނަމަވެސް އެކަމާއި ގުޅުވައިގެން ދީނަށް ފުރައްސާރަކޮށްގެން ނުވާނެ ކަމަށެވެ.
ރޭގެ އެރަސްމިއްޔާތުގައި ދައުލަތުގެ 3 ބާރުގެ އެންމެ އިސްވެރިންނާއި ދައުލަތުގެ ވަޒީރުން އަދި ސަރުކާރުގެ ގިނަ އަދަދެއްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
https://twitter.com/mu7tazz/status/1079078086933704706
