ފެރީ އަކާއި މަސްދޯންޏެއް އެކްސިޑެންޓްވެ ބޮޑެތި ގެއްލުންތަކެއް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
ފެރީ އަކާއި މަސްދޯންޏެއް އެކްސިޑެންޓްވެ ބޮޑެތި ގެއްލުންތަކެއް!

ގދ. ތިނަދޫ ކައިރީން ދުއްވާފައި ދިޔަ ފެރީއަކާއި މަސްދޯންޏެ އްއެކްސިޑެންޓްވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ރިސޯޓެއްގެ ފެރީއަކާއި މަސްދޯންޏެއް ޖެހިގެން ހިނގި މިހާދިސާ ފުލުހުންނަށް ރިޕޯޓުކުރީރޭ 11:15 ގައިކަމަށެވެ. އަދި މި ހާދިސާގައި ފެރީއާއި މަސް ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، މި ހާދިސާގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާ ވެފައި ވާކަމަށާއި، އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލްހޮސްޕިޓަލުގައި މިހާރުފަރުވާދެމުން އަންނަކަމަށެވެ.

 މި ހާދިސާއާ ގުޅެގޮތުން ހޮސްޕިޓަލުގެ ބަހެއް އަދި ލިބިފައި ނުވެއެވެ.

ޒިދާން މުހައްމަދު

މިއަދު އޮންލައިން