ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެމެނޭޖިންޑިރެކްޓަރ (އެމްޑީ) ގެ މަގާމަށް، ކުރިންވެސް އެމަގާމުފުރުއްވި ސުހެއިލް އަހުމަދު މިއަދު އައްޔަންކޮށްފިއެވެ.
ސުހައިލް އަކީ ހުޅުމާލެ ތަރައްގީކުރަން ފެށިދުވަސްވަރުންފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ތިންއަހަރާ ހަމައަށް އެޗްޑީސީގެ އެކިމަގާމުތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ 2015 ގައިއެޗްޑީސީން ވަކިވެވަޑައިގަތުމާ ހަމައަށް ހުންނެވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.
އިމާރާތް ކުރުމުގެ ދާއިރާގައި ތަޖުރިބާ ހޯއްދަވައި އަދި ހުޅުމާލެ ޕްލޭންކުރުމުގައި ވެސް އިސްދައުރެއް އަދާކުރައްވާފައިވާ ސުހައިލްވަނީސަރުކާރުގައި 30 އަހަރުހޭދަކުރައްވައިފައެވެ.
ޝުހައިލް މި މަގާމަށް އައްޔަން ކުރައްވާފައި މިވަނީ، އެ ކުންފުނީގެ ޕްރައިވެޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.