ބޭއިންޞާފުން ފްލެޓް ދޫކޮށްފައިވާ މައްސަލަތައް ބަލަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ބޭއިންޞާފުން ފްލެޓް ދޫކޮށްފައިވާ މައްސަލަތައް ބަލަނީ

ހައްޤު ނޫން ފަރާތްތަކަށް ފްލެޓް ދޫކޮށްފައިވާ މައްސަލަތައް ބެލުމުގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދާ ކަމަށް ހައުސިންގ އެންޑް އަރބަން ޑިވޮލޮޕްމަންޓް މިނިސްޓަރ ޢާޠިފާ ޝުކޫރު ވިދާޅުވެއްޖެއެވެ. 

ޢާޠިފާ މިއަދު ވިދާޅުވީ އެ މައްސަލަތައް ބަލަނީ އެކަމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވައިވާ ޚާއްޞް ކޮމިޓީއަކުން ކަމަށާއި އެކަމުގައި މިނިސްޓްރީގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ. "އަޅުގަނޑުމެން ކުރާނެ ހަމައެކަނި ކަމަކީ ކޮމީޓީއަށް މައުލޫމާތު ބޭނުންވެގެން އެދިއްޖެނަމަ އެ މައުލޫމާތު ދިނުން."  

ޢާޠިފާ ވިދާޅުވީ ފްލެޓްތައް ދޫކުރެވޭނީ އެކަމަށް ނިޒާމެއް ކަނޑައެޅި އެނިޒާމުގެ ތެރެއިން ކަމަށެވެ. އަދި ޙައްޤު ނޫން ބައަކަށް ފްލެޓް ދޫކުރި މައްސަލަތައް ބަލަމުން ގެންދާ ކަމަށެވެ. އަދި ފްލެޓްތައް ދޫކުރެވޭނީ އިންޞާފުވެރިކަމާއިއެކު ހަމަހަމަ ފުރުޞަތުގެ ތެރެއިން ކަމަށެވެ.

ޢާތިފާ ވިދާޅުވީ "ހިޔާ" މަޝްރޫޢާއި "ގެދޮރުވެރި ކުރުވުމުގެ މަޝްރޫޢާއި" އަދި "ގުޅިފަޅު މަޝްރޫޢުން ފްލެޓް ދޫކޮށްފައިވަނީ އިންޞާފުވެރިކަމާއިއެކުގައިތޯ ބަލާނެ ކަމަށާއި އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

މިއަދު އޮންލައިން