މަނީ ލޯންޑަރ ކުރުމުގައި އެހީތެރިވިކަމުގެ ތުހުމަތެއްގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެޑްވައިޒަރ އާޒިމާ ޝުކޫރު އިއްޔެ ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ، މަނީ ލޯންޑަރ ކުރުމުގައި އެހީތެރިވެ، އަދި އެފައިސާ އާއި ގުޅޭ ގޮތުން ހިންގުނު މުއާމަލާތް ތަކުގައި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި، އާޒިމާ ވަނީ 30 ޑިސެމްބަރ 2018 ވަނަ ދުވަހުގެ މެންދުރު 12:00 ގައި ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެވިފައި ކަމަށެވެ.
އާޒިމާ ޝުކޫރަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޤާނޫނީ ވަކީލުވެސް މެއެވެ.