މާމެންދޫގައި ހިނގި ނުރައްކާތެރި އެކްސިޑެއްޓެއްގައި މީހަކު ނިޔާވެއްޖެ!

ކިޔުމަށް ހޭދަވާނީ 48ސ
މާމެންދޫގައި ހިނގި ނުރައްކާތެރި އެކްސިޑެއްޓެއްގައި މީހަކު ނިޔާވެއްޖެ!

ގއ. މާމެންދޫގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކު ނިޔާވެއްޖެއެވެ. 

އެނގިފައިވާ ގޮތުގައި މިރޭ 20:15 ހާއިރު އެރަށު ބަނދަރު ސަރަޙައްދުގައި، ދެ ސައިކަލު ޖެހި ހިނގި އެއެކްސިޑެންޓުގައި ނިޔާވެފައިވަނީ ގއ. ވިލިނގިލި އަޙްމަދު އަފްސަލް ޔާސިރު (32އ.) އެވެ. 

މާމެންދޫއިން މައުލޫމާތު ދިން މީހަކު ބުނިގޮތުގައި އަފްސަލް އެރަށަށް ގޮސްފައިވަނީ، އައު އަހަރު ފާހަގަ ކުރުމަށް މާމެންދޫގައި ބޮޑުބެރު ޖެހުމަށެވެ.

މިއެކްސިޑެންޓާއި ގުޅޭގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާމެންދޫ ބަނދަރު ސަރަޙައްދުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި ކަމަށާއި، ދެ މީހަކަށް އަނިޔާވެ އެ ދެމީހުންނަށް ވިލިނގިލީ ހޮސްޕިޓަލުން ފަރުވާ ދެމުން ދަނިކޮށް އެކަކު ނިޔާވެފައިވާ ކަމަށެވެ. ނިޔާވީ އުމުރުން 32 އަހަރުގެ ފިރިހެނެއް ކަމަށާއި އަނިޔާވި އަނެއް މީހާއަކީ އުމުރުން 21 އަހަރުގެ ފިރިހެނެއް ކަމަށް ވެސް އޮފިޝަލް މައުލޫމާތު ދެއްވިއެވެ.

މިއަދު އޮންލައިން