ޕޮލިސް ރިފޯމްކުރުމަށް ޤާއިމްކުރެވޭ "ރައްޔިތުންގެ ޚިޔާލު" އޮންލައިން ޕޯޓަލް އިފްތިތާޙުކޮށްފި

ކިޔުމަށް ހޭދަވާނީ 2މ 8ސ
ޕޮލިސް ރިފޯމްކުރުމަށް ޤާއިމްކުރެވޭ "ރައްޔިތުންގެ ޚިޔާލު" އޮންލައިން ޕޯޓަލް އިފްތިތާޙުކޮށްފި

ރައްޔިތުންގެ ބައިވެރިވުމާއެކު ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށާއި ޕޮލިސް ރިފޯމްކުރުމަށް ޤާއިމްކުރެވޭ "ރައްޔިތުންގެ ޚިޔާލު" އޮންލައިން ޕޯޓަލް އިފްތިތާޙުކޮށްފިއެވެ.

މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މެނޭޖްމަންޓް ބޯޑުގައި، މި އޮންލައިން ޕޯޓަލް އިފްތިތާޙުކޮށްދެއްވީ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މެނޭޖްމަންޓް ބޯޑު ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި އެކްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވިއެވެ

އޮންލައިން ޕޯރޓަލް އިފްތިތާޙުކޮށްދެއްވުމަށްފަހު އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، މިޕޯޓަލްގެ ބޭނުމަކީ ރައްޔިތުންގެ ބައިވެރިވުމާއެކު ، ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުންކަމުގައި ވިދާޅުވިއެވެ. އަދި މިޕޯޓަލް މެދުވެރިކޮށް ފެބްރުވަރީ 15އާއި ހަމައަށް ހުށަހެޅޭ ޚިޔާލުތައް، ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުވުމުގައި ބޭނުންކުރެވިގެންދާނެ ކަމަށެވެ.  

 

އޭގެފަހުންވެސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންނަށް އޮންނާނެކަމާއި، އެގޮތުން ހުށަހެޅޭ ޚިޔާލުތައް މޮނީޓަރކޮށް ކަމާއި ގުޅުންހުރި ޑިޕާޓްމަންޓްތަކަށް އަންގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން ފުލުހުން ދެއްވިއެވެ.

 

މިއަދު އިފްތިތާޙުކުރި މި އޮންލައިން ޕޯޓަލްއަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ފުލުހުންނާއި އާންމުންގެ ޚިޔާލުލިބިގެން އެކުލަވާލެވޭ ޕޮލިސް ރިފޯމް ޕްރޮގްރާމްގެ މަސައްކަތުގެތެރޭގައި ހިމެނޭކަމެކެވެ. އަދި އޮންލައިން ޕޯރޓަލް މެދުވެރިކޮށް ފުލުހުންގެ ވެބްސައިޓް www.police.gov.mv އަދި www.policelife.mv ގެ ބޭނުން ހިފައިގެން ފުލުހުންގެ މުއައްސަސާ ރިފޯމްކުރުމަށް ރައްޔިތުން ބޭނުންވާ ޚިޔާލުތައް ހުށަހެޅޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޕޮލިސް ރިފޯމް ޕްރޮގްރާމްގެ މަސައްކަތުގެ ތެރޭގައި އޮންލައިން ޕޯރޓަލްގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފޯކަސް ގްރޫޕް ބައްދަލުވުންތަކާއި ފޯރަމްތަކާއި އަދި ޕޮލިސް ރިފޯމް ސިމްޕޯސިއަމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

އެގޮތުން ފޯކަސް ގްރޫޕްތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެކަމާގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ދަޢުލަތުގެ މިނިވަން ބައެއް މުއައްސަސާތަކާއެކު ވަނީ މި ބައްދަލުވުން ކުރިއަށްގެންގޮސްދެއްވާފައެވެ.

މިއަދު އޮންލައިން