ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ގިނަޢަދަދެއްގެ ސާމާނު ފުވައްމުލައް ސިޓީއާއި އައްޑޫސިޓީން ހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 28ސ
ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ގިނަޢަދަދެއްގެ ސާމާނު ފުވައްމުލައް ސިޓީއާއި އައްޑޫސިޓީން ހޯދައިފި

އައު އަހަރާއި ދިމާކޮށް ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން، ފުވައްމުލައްސިޓީއާއި އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަން ތަކެއްގައި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ގިނަޢަދަދެއްގެ ސާމާނު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެގޮތުން ފުވައްމުލަކުގައި ހަރަކާތްތެރިވާ ގުރޫޕަކުން އައު އަހަރު ފާހަގަކުރުމަށް ބަނގުރާ އުފައްދާ ކަަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޑިސެންބަރު 31 ވަނަ ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި، ގުރޫޕްތަކުން ބަނގުރާ އުފައްދަމުންދާކަމަށް ޝައްކުކުރެވޭ ސަރަޙައްދުތައް ބަލައިފާސްކޮށް، ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ޝައްކުކުރެވޭ ގިނަޢަދަދެއްގެ ސާމާނު ހޯދައި، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންސްފައިވެއެވެ.

ބަނގުރާ އުފައްދަމުންދާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އައްޑޫސިޓީ ހިތަދުއާއި ހުޅުމީދޫގައި ވެސް މިވަނީ އޮޕަރޭޝަންތަކެއް ހިންގައިފައެވެ. އެގޮތުން ޑިސެންބަރ 31 ވަނަ ދުވަހު ހިދަތޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި، އެރަށުގެ ފަޅު ތަންތަން ބަލައިފާސްކޮށް، ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ޝައްކުކުރެވޭ ގިނަޢަދަދެއްގސާމާނު ހޯދައި ، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

 އައު އަހަރާއި ގުޅިގެން އައްޑުސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުންވެސް މިވަނީ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަވެއެވެ. އެގޮތުން ޑިސެންބަރ 30 ވަނަ ދުވަހު ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި، އެރަށުގެ ފަޅު ގެއެއް ބަލައިފާސްކޮށް، ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ޝައްކުކުރެވޭ ގިނަޢަދަދެއްގެ ސާމާނު ހޯދައި ފުލުހުންގެ، އެތަކެތި  ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މިއޮޕަރޭޝަންތަކުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިއަދު އޮންލައިން