އަދީބު އަނބުރާ ޖަލަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 50ސ
އަދީބު އަނބުރާ ޖަލަށް ގެންގޮސްފި

ގޭބަންދުގައި ހުރި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު، އަނބުރާ ޖަލަށް ގެންގޮސްފިއެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިންނެވި ފިނިފެންމާ ލޯންޗު ގޮއްވާލުމުގެ ތުހުމަތާއި އެމްއެމްޕީއާރްސީ ގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި، މުޅިއަކު 33 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ އަދީބު، ގޭބަންދަށް ބަދަލު ކުރެއްވީ ޖަލުގައި އޭނާގެ ސިއްޙީ ހާލުކޮޅު މާބޮޑަށް ގޯސްވެ، އައިޖީއެމްއެޗް އަށް ގެންދެވުމަށްފަހު ކިޑްނީގެ އޮޕަރޭޝަނެއް ކުރުމަށްފަހުއެވެ. 

އަދީބު މިރޭ ޖަލަށް ގެންގޮސްފައިވަނީ ފުލުހުންގެ ސެކިއުރިޓީއާއެކުއެވެ.

ކުރީގެ ނައިބު ރައީސް އަލުން ޖަލަށް ބަދަލު ކޮށްފައިވާއިރު، އޭނާގެ ފަރުވާ ނިމުމާއެކު ހުކުމް ތަންފީޒު ކުރައްވަން އަދީބު އަނބުރާ ޖަލަށް ބަދަލު ކުރައްވާނެ ކަމަށް، މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން