ރައީސް ޔާމީން ހައްޔަރު ނުކޮށް އަދީބު ހައްޔަރު ކުރުމަކީ ސަރުކާރުން ކުރި އަނިޔާވެރި އަމަލެއް: ނަޝްވާ

ކިޔުމަށް ހޭދަވާނީ 1މ 12ސ
ރައީސް ޔާމީން ހައްޔަރު ނުކޮށް އަދީބު ހައްޔަރު ކުރުމަކީ ސަރުކާރުން ކުރި އަނިޔާވެރި އަމަލެއް: ނަޝްވާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްޔަރު ނުކޮށް، ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ހައްޔަރު ކުރުމަކީ މިސަރުކާރުން ކުރި ވަރަށް ޒާތީ، ލާއިންސާނީ އަދި އަނިޔާވެރި އަމަލެއް ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅިވެއްޖެއެވެ. 

އަދީބު ހައްޔަރު ކުރުމާއި ގުޅޭގޮތުން ނަޝްވާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަދީބު ގޭބަންދަށް ބަދަލު ކުރެވުނީ 28 ޖެނުއަރީގެ ނިޔަލަށް ކަމަށާއި އެމުއްދަތު ހަމަވުމުގެ ކުރިން ރައީސް ޔާމީން ހައްޔަރު ނުކޮށް އަދީބު ހައްޔަރު ކުރުމަކީ ދެފުށްފެންނަ ސަރުކާރުން ކުރި ވަރަށް ޒާތީ، ލާއިންސާނީ އަދި އަނިޔާވެރި އަމަލެއް ކަމަށެވެ. 

ނަޝްވާ ވަނީ، އަދީބު ހޮސްޕިޓަލުގައި އޮންނެވިއިރުގެ ދެ ފޮޓޯއެއް ވެސް އެޓްވީޓާއެކު ހިއްސާ ކުރައްވާފައެވެ. 

ގޭބަންދަށް ބަދަލު ކޮށްފައިވާ ކުރީގެ ނައިބު ރައީސް، އަނބުރާ ޖަލަށް ގެންދިޔައީ މިރޭ 22:30 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާ ޖަލަށް ގެންދެވުނީ، ފުލުހުންގެ ސެކިއުރިޓީ އާއެކުކަން ވެސް ފާހަގަ ކުރެވެއެވެ.

މިއަދު އޮންލައިން