ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާކޮށް ރައްޔިތުންނަށް ދެވޭޚިދުމަތްތައް އިތުރަށް ލުއިފަސޭހަ ކުރުމަށްޓަކައި މިހާރުން މިހާރަށް މަސައްކަތްކުރަން ކަނޑައެޅިފައިވާ ދާއިރާތަކާ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް މިއަދު ވަނީ ހާމަކޮށްފައެވެ.
ލަނޑުދަނޑިތައް ވަރަށް ފުރިހަމައެވެ. އަމާޒަށް ވާސިލުވެވިއްޖެނަމަ ވިޔަފާރިވެރިންނަށް ވަރަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ބައި އަޅަންޖެހޭ ފައިސާ މަދުވެގެންދާނެއެވެ. އަދި ދިވެހި ކަސްޓަމްސްގެ ޚިދުމަތްތަކަކީ މި ސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ ފަދަ ފުރިހަމަ ޚިދުމަތަކަށް ވެގެންދާނެއެވެ.
2019 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް
- އިމްޕޯޓް/އެކްސްޕޯޓް ކްލިއަރެންސް މަރުހަލާ މިހާރަށްވުރެ ލުއިފަސޭހަކުރުން
އިމްޕޯޓް/އެކްސްޕޯޓް މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ދޫކުރުމާގުޅޭ އުޞޫލުތަކާއި އިޖުރާއާތުތައް ރިވިއުކޮށް ވިޔަފާރިއަށް މިހާރަށްވުރެ ފަހި މާހައުލެއް ޤާއިމުކޮށްދިނުން؛
- ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކުރުން
ކުދ އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަސްޓަމްސްގެ ދާއިރާއިން ހުރިގޮން ޖެހުންތައް ދެނެގަނެ އެކަންކަން ޙައްލުކުރުމާއި، ބާރުމިނެއްގައި ފުޅާވަމުން އަންނައީ-ކޮމާސްގެ ދާއިރާއާގުޅޭ ކަސްޓަމްސްގެ އުޞޫލުތަކާއި އިޖުރާއާތުތައް ރިވިއުކޮށް ފަހިއިން ތިޒާމުތަކެއް ހަމަޖެއްސުން؛
- ބޯޑަރއެންފޯސްމަންޓް
ޤާނުނާއި ޤަވާއިދާޚި ލާފުތަކެތި ދިވެހި ރާއްޖެއަށް އެތެރެވުމާއި ބޭރުވުން ހުއްޓުވުމަށްޓަކައި ކަސްޓަމްސްގެ ކޮންޓްރޯލް މިހާރަށްވުރެ ހަރުދަނާކުރުން؛
- އިންސާނީ ވަޞީލަތްތަރައްޤީކުރުން
ކަސްޓަމްސް އިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް އަވަސްކުރުމުގެ ގޮތުން، ކަސްޓަމްސްގެ އިންސާނީ ވަޞީލަތުގެ ފެންވަރާއި މަސައްކަތުގެ ޝައުޤުވެރިކަން އިތުރުކުރުމާއި ނަޒާހާތްތެރިކަން އިތުރުކުރުން؛
- ތިމާވެއްޓާ ރައްޓެހި މާހައުލެއްޤާއިމުކުރުން
ކަސްޓަމްސްގެ އޮފީސްތަކާއި އޮފީސްތައް ހިމެނޭ ސަރަޙައްދުތަކަކީ ތިމާވެއްޓާ ރައްޓެހި އަދި ފެހިތަންތަނަށް ހެދުމާއި، ކަސްޓަމްސްގެ މުވައްޒަފުންނަކީ ތިމާވެއްޓަށް އަހުލުވެރި ބަޔަކަށްހެދުން؛
- ޕަބްލިކް ރިލޭޝަންސް ހަރުދަނާކުރުން
ަސްޓަމްސްއިން ޚިދުމަތްހޯދާ ފަރާތްތަކާއެކު އޮންނަގުޅުން ބަދަހިކޮށް ކަސްޓަމްސްގެ ތަޞައްވުރުރަގަޅުކުރުން؛