ކުޑަ ދެ އަންހެން ކުދިން ގެއްލިގެން ހޯދަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
ކުޑަ ދެ އަންހެން ކުދިން ގެއްލިގެން ހޯދަނީ

ފުލުހުް ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކުޑަ ދެ އަންހެން ކުދިން ހޯދަން އިއުލާން ކޮށްފިއެވެ.

ފުލުހުން ހޯދަމަށް އިއުލާން ކޮށްފައިވަނީ ޏ. ފުވައްމުލައް/ދިގުވާޑް، ބަނަފްސާގެ، ފާޠިމަތު ހަނާޒް (17އ) އާއި ދަފްތަރު ނަންބަރު 2542، ޝާދިޔާ އަންވަރު (17އ) އެވެ.

މިކުދިން ހޯދަމުން ދަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިކުދިންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9790163 އަށް ގުޅުއްވައި ޙިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ، 

މިއަދު އޮންލައިން