ލިޔުނީ: ޒިދާން މުހައްމަދު
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހްގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ ދެ އަންހެން ކުދިން އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ.
މައްސަލައަކާ ގުޅިގެން ހޯދަން އިއުލާނުކޮށްފައިވަނީ ޏ. ފުވައްމުލައް، ދިގުވާޑް، ބަނަފްސާގެ، ފާތިމަތު ހަނާޒް އާއި ދަފްތަރު ނަންބަރު 2542، ޝާދިޔާ އަންވަރު އެވެ. ދެކުދިންނަކީ ވެސް އުމުރުން 17 އަހަރުގެ ކުޑަކުދިންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ބުނީ އެ ދެ ކުދިން ފުލުހުންގެ އިދާރާއަށް ހަޒިރުވެފައިވަނީ އަމިއްލަޔަށް ކަމަށެވެ. ނަމަވެސް، އެދެކުދިން ހޯދަން އިއުލާނު ކުރީ ކޮން މައްސަލަ އަކާ ގުޅިގެން ކަމެއް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅެއް ނުވިއެވެ. އަދި އިތުރު ތަފްސީލެއް ވެސް ނުދެއްވައެވެ.
މި ދެކުދިން ހޯދުމަށް ފުލުހުން އިއުލާން ކުރީ އިއްޔެއެވެ.