ޖާގަ ބޮޑުކުރުމަށް ވިޔަފާރި ބަދަރު ތިލަފުއްޓަށް ބަދަލުކުރަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ޖާގަ ބޮޑުކުރުމަށް ވިޔަފާރި ބަދަރު ތިލަފުއްޓަށް ބަދަލުކުރަނީ!

މާލޭ ވިޔަފާރި ބަނދަރުގެ ޖާގަ ބޮޑުކުރުމަށް ވީ އެންމެ އަވަސް މުސްތަޤްބަލެއްގައި ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށް އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސާ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ. 

ޝާހިދު އަލީ ޕީއެސްއެމް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެމްޕީއެލް ބަނދަރު ތޮށްޖެހި، މުދާ ހުސްކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވާއިރު އެކަމުގެ ހައްލަކީ ބަނދަރުގެ ޖާގަ ބޮޑުކުރުންކަމަށާއި ނަމަވެސް ބަނދަރުގެ ޖާގަ ބޮޑުކުރެވޭނެ އެއްވެސް ގޮތެއް ނެތުމުން އެކަމަށް އޮތް ހަމައެކަނި ޙައްލަކީ ބަނދަރު އެހެން ތަނަކަށް ބަދަލުކުރުންކަމަށެވެ. އެގޮތުން މިހާތަނަށް ބެލިބެލުމުން ބަނދަރު ބަދަލުކުރުމަށް އެންމެ އެކަށީގެންވާ ތަނަކީ ތިލަފުށިކަމަށް ޝާހިދު ވިދާޅުވިއެވެ. 

ޝާހިދު ވިދާޅުވީ ތިލަފުށްޓަށް ބަނދަރު ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށާއި ތިލަފުށްޓަށް ބަނދަރު ބަދަލުކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށެވެ.

ކުރިއަށް އޮތް ދެ އަހަރެއް ނުވަތަ ތިން އަހަރެއްހާ ދުވަހުގެތެރޭގައި ބަނދަރު ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހި މަސައްކަތް ފެށިގެންދާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން