ކުރީގެ ރައީސް އަބްދުﷲ ޔާމީން، މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ މެންދުރު 1:30 އަށެވެ.
ފުލުހުން ރައީސް ޔާމީންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ރިޔާސީ އިންތިހާބުގެ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލަ އާއި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެމަނިކުފާނުގެ އެކައުންޓަކަށް އެސްއޯފް ކުންފުނިން ޖަމާކުރި އެއް މިލިއަން ޑޮލަރު އޭސީސީއާ ހަވާލުކޮށްފައިވާ ކަމަށްބުނެ ދައުލަތުގެ އިދާރާތަކަށް މައުލޫމާތު އޮޅުވާލާފައިވާ މައްސަލައެވެ.
މިމައްސަލަތަކުގައި ރައީސް ޔާމީންގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ފުލުހުން ވަނީ ފްރީޒްކޮށްފައެވެ.
މިދިޔަ މަހުގެ 15 ގައި ވެސް ރައީސް ޔާމީން ވަނީ ތަހުގީގަށް ފުލުސްއޮފީހަށް ހާޒިރުކޮށް، ސުވާލުކޮށްފައެވެ.