އެމްއެންޑީއެފްގެ ވެހިކަލްގައި ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 10ސ
އެމްއެންޑީއެފްގެ ވެހިކަލްގައި ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ

 

އެމްއެންޑީއެފްގެ ވެހިކަލެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ.

 

ރައީސް ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފައިވާއިރު، އެމަނިކުފާނުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

 

މިދިޔަ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުވެސް ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފައިވާއިރު، އެމަނިކުފާނާއި ސުވާލު ކުރެއްވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ކަމަށާއި ރިޔާސީ އިންތިހާބަށް އެމަނިކުފާނުގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވުމާއި ގުޅިގެން ކަމަށް އެދުވަހު ފުލުހުންގެ އިދާރާއިން ނިކުމެ ވަޑައިގެން ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

 

އެހެންކަމުން، މިއީ އެމައްސަލަތަކާއި ގުޅިގެން ކުރީގެ ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރެވޭ ދެވަނަ ފަހަރެވެ.

 

މިމައްސަލަތާކާއި ގުޅޭގޮތުން ފުލުހަށް ހާޒިރު ކުމުގެ ކުރިން ފުލުހުންވަނީ ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްފައެވެ. ސުވާލުކުރުމަށް ފުލުހަށް ހާޒިރު ކުރެވުނު ފުރަތަމަ ދުވަހު، އެކައުންޓުތައް ފްރީޒް ކުރުމާއި ގުޅޭގޮތުން އަހާލަން ހަނދުމަފުޅު ނުވިކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

 

ފުލުހުން އެދިގެން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްފައިވާއިރު، އެއެކައުންޓުތަކުގައި 100 މިލިއަނަށްވުރެ ގިނަ ފައިސާ ހުރިކަމަށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މިއަދު އޮންލައިން