ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދެމުންދާ ފެނަކަ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ބޯޑަށް ތިން ބޭފުޅަކު އަންޔަން ކުރައްވައިފިއެވެ.
ފެނަކައިގެ ބޯޑަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އައްޔަނު ކުރައްވާފައި ވަނީ މ.ބަނަފްސާ އިބްރާހިމް ވަހީދުއާއި، ތ.ކިނބިދޫ ކައްމަތީގެ މުހައްމަދު ނާޝިދު އާއި ޏ.ފުވައްމުލަށް މުރާކި މުހައްމަދު އާތިފް އެވެ.
މި ތިން ބޭފުޅުންނާއެކު ފެނަކައިގެ ބޯޑުގައި ޖުމުލަ 4 ބޭފުޅުން ތިއްބަވާނެއެވެ. ރައީސް ޞާލިޙް މި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ހަވާލުކުރެއްވީ މިއަދު އެވެ.