"ނޭޝަނަލް ރީފޯމް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހުއްދަ ދީފިއެވެ.
އީސީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ "ނޭޥަނަލް ރީފޯމް ޕާޓީ" ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުމުގެ ހުއްދަ އެކޮމިޝަނުން މިއަދު ދީފައިވާ ކަމަށެވެ.
ނޭޝަނަލް ރީފޯމް ޕާޓީއަކީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝައިޚް މުޙައްމަދު ދީދީ އުފައްދަވާ ޕާޓީއެކެވެ. އެޕާޓީ އުފެއްދުމުގެ ހުއްދަ ދިންކަމުގެ ލިޔުން އީސީގެ ފަރާތުން ހަވާލު ކޮށްދެއްވީ އެކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފު އެވެ.
އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި، ހުއްދަ ލިބުމަށްފަހު އެޕާޓީއަކަށް މަދުވެގެން 3000 މެމްބަރުން ހަމަކުރަން ޖެހޭނެއެވެ. އެއަަދަށް މީހުން ހަމަވުމުން، ޕާޓީގެ އެންމެ ފުރަތަމަ އާންމު ޖަލްސާ ބޭއްވުމަށްފަހު އެޕާޓީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓަރ ކުރެވޭނެއެވެ.
"National Reform Party" namugaisiyaasee party eh ufehdhumahtakaikuranjeheymasakkaiykurumugehuhdha Elections Commissionundheefipic.twitter.com/KyZDwG08oM
— Elections Commission (@ElectionsMv) January 6, 2019