ޖަމިއްޔާތަކާ ގުޅޭ ކަންކަން ބެލެހެއްޓުން ޔޫތު މިނިސްޓްރީ އާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓުން މިއަދު ކުރި އިއުލާނެއްގައި ވަނީ ޖަމިއްޔާތަކާ ގުޅޭ ހުރިހާ މަސައްކަތްތަކާއި ކޮމިއުނިޓީ އޯގަނައިޒޭޝަންތަކާ ގުޅޭ މަސައްކަތްތައް މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ދަށަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަދަލު ކުރައްވާފައިވާ ކަމަށެވެ.
މިއަދުން ފެށިގެން ޖަމިއްޔާތައް ރަޖިސްޓްރީ ކުރުމާއި އުވާލުމާއި ޖަމިއްޔާތައް ރެގިއުލޭޓް ކުރަމުގެ މަސައްކަތްތައް ކުރާނީ އެ މިނިސްޓްރީން ކަމަށް ޔޫތު މިނިސްޓްރީގެ އިއުލާނުގައިވެއެވެ.
ޖަމިއްޔާތަކާ ބެހޭ ކަންކަން ކުރިން ބަލަހައްޓަމުން ދިޔައީ ހޯމް މިނިސްޓްރީގެ ދަށުންނެވެ.