ގިނަ ތުހުމަތު ތަކެއްގައި މިއަދު ރައީސް ޔާމީނާ ފުލުހުން ސުވާލުކުރި! ނުކުތީ ފުލުހުން ދިން އިންޒާރު ފަހުމްވި ކަމަށް ސޮއިކޮށް އިނގިލީގެ ނިޝާން ދީފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ގިނަ ތުހުމަތު ތަކެއްގައި މިއަދު ރައީސް ޔާމީނާ ފުލުހުން ސުވާލުކުރި! ނުކުތީ ފުލުހުން ދިން އިންޒާރު ފަހުމްވި ކަމަށް ސޮއިކޮށް އިނގިލީގެ ނިޝާން ދީފަ!

ރައީސް ޔާމީނު މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ގިނަ ތުހުމަތު ތަކެއްގައި ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުން ބުނީ "ރައީސް ޔާމީނު މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރެވުނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީނުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެ ފައިސާ ލޯންޑަރކޮށް (މަނީ ލޯންޑަރިންގ ކޮށް) އެ ފައިސާ އާއި ގުޅޭ ގޮތުން ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކުން ހިންގި ތަޙްޤީޤާއި ގުޅިގެން ހިންގި މުޢާމަލާތްތަކުގައި ޔާމީން ޢަބްދުލްޤައްޔޫމް ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ސުވާލުކުރުމަށް" ކަމަށެވެ. އަދި "މައްސަލައިގައި ތުހުމަތު ކުރެވޭ ކަންކަމާއި ތުހުމަތަށް ބިނާކުރާ ޤާނޫނީ މާއްދާތަކާއި ތުހުމަތު ކުރެވޭ ފަރާތަށް އަންގަން ޖެހޭ ޤާނޫނީ އިންޒާރު އިއްވައި އެކަންކަން ފަހުމްވިކަމަށް ސޮއިކޮށް އިނގިލީގެ ނިޝާން ޖެހިފައިވާނެ." ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

މިހާރު މައުލޫމާތު ލިބޭ ގޮތުން ބީއެމްއެލްގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކުރީވެސް އިސްލާމިކް ބޭންކުގައި އޮތް ރައީސް ޔާމީނުގެ އެކައުންޓަކުން ނޫނެވެ. 

"މިހާރު" ނޫހުގައި ބުނެފައިވަނީ "އޭސީސީގެ އެންގުމަށް ފައިސާ ޖަމާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުގެ އޭރުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ލިޔުމަކުން އޭސީސީއަށް އެންގި ނަމަވެސް ފަހުން އެނގުނު ގޮތުގައި އެ އެކައުންޓަށް ޖަމާކުރީ އިސްލާމިކް ބޭންކުގައި ހުރި ޔާމީންގެ އެއް މިލިއަން ޑޮލަރެއް ނޫނެވެ. އެއީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އެއް މިލިއަން ޑޮލަރުގެ ޗެކަކުން، ޔާމީންގެ އެހެން އެކައުންޓަކަށް ޖަމާކުރެއްވި ފައިސާ ކަމަށް ވަނީ އެނގިފަ އެވެ."

މުސާ ޒަމީރަށް މިހައި ގިނަ އަދަދެއްގެ ޑޮލަރު ލިބުނު ގޮތަކާއިމެދުވެސް ގިނަ ބައަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ. މޫސާ ޒަމީރަކީ ޕީއޭ ދުވަސްވަރުން ފެށިގެން ރައީސް ޔާމީނުގެ އެންމެ އަރިސް އެކެކެވެ.  

މިއަދު އޮންލައިން