އިމާރާތެއްގެ މަތިން ލަކުޑިބުރިއެއް ވެއްޓި ފިރިހެނެއްގެ ބޯފަޅައިގެން ގޮސްފި

ކިޔުމަށް ހޭދަވާނީ 56ސ
އިމާރާތެއްގެ މަތިން ލަކުޑިބުރިއެއް ވެއްޓި ފިރިހެނެއްގެ ބޯފަޅައިގެން ގޮސްފި

ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ލަކުޑިބުރިއެއް ވެއްޓި ފިރިހެނެއްގެ ބޯފަޅައިގެން ގޮސްފިއެވެ.

 

އެނގިފައިވާ ގޮތުގައި، އެސްޓީއޯ ހެޑް އޮފީސް ކައިރީގައި ހަދަމުންދާ އިމާރާތަކުން ލަކުޑިބުރިއެއް ވެއްޓި ބޯފަޅައިގެން ގޮސްފައިވަނީ އުމުރުން 42 އަހަރުގެ ފިރިހެނެއްގެއެވެ. އޭނާގެ ބޮލުން ދެ އިންޗިއެއްހާތަން ފަޅައިގެން ގޮސްފައިވާއިރު، އޭނާ ވަނީ އައިޖީއެމްއެޗް އަށް ގޮސް ފަރުވާ ހޯދާފައެވެ.

 

އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން އެމީހާ ބުނީ، ބޮލުގައި ލަކުޑި ބުރިއަކުން ޖެހުނީ ދުވާރުމަތިން ހިނގާފައި ގޮސް ސައިކަލަށް އަރަން އުޅެނިކޮށް ކަމަށާއި ބޮލުގައި ޖެހުނު ލަކުޑި ބުރީގެ ދިގުމިނުގައި 3-4 ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

 

ހީވާގޮތުގައި އެއީ މަސައްކަތް ކުރުން ހުއްޓާލާފައިވާ އިމާރާތެއް ކަމަށާއި، އެއްވެސް މީހަކު އެއިމާރާތް ތެރެއިން ފެންނަން ނެތް ކަމަށް ވެސް އެމީހާ ބުނެފައިވެއެެވެ.

 

އިމާރާތަކުން ލަކުޑިބުރިއެއް ވެއްޓި މީހެއްގެ ބޯފަލައިގެން ގޮސްފައިވާއިރު، މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި ބަންގްލަދޭޝް އަށް އުފަން ރައުޝަން ޖިއާން (9އ.) ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ނިޔާވެފައެވެ.

މިއަދު އޮންލައިން