މާލޭގައި ބަޔަކު ބުޅަލަށް އަނިޔާކޮށް މަރަނީ

ކިޔުމަށް ހޭދަވާނީ 1މ 10ސ
މާލޭގައި ބަޔަކު ބުޅަލަށް އަނިޔާކޮށް މަރަނީ

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކަކަށް ބަޔަކު އެކި ވަރުގެ އަނިޔާކޮށް، މަރަމުންދާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

 

ޖަނަވާރުންގެ ހައްގަށް މަސައްކަތްކުރާ މީހަކު ބުނިގޮތުގައި ދޭތެރެއަކުން ބުޅާ ފަދަ ޖަނަވާރުތަކަށް އަނިޔާކުރާ މައްސަލަތައް ރާއްޖޭގައި ފެންމަތިވެއެވެ. އެގޮތުން މިހާރު ފެންމަތިވެގެން އުޅެނީ މައްޗަންގޯޅި ޗަމްޕާ ސެންޓްރަލް ހޮޓެލް ހިސާބުގައި، ބަޔަކު ބުޅާ މަރާ މައްސަލައެއް ކަމަށް ވެސް އޭނާ ބުންޏެވެ.

 

އެކަމާ ގުޅިގެން އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެމީހުން ބުނާގޮތުގައި ސެންޓްރަލް ހޮޓެލް ސަރަހައްދުގައި އަނިޔާވެރިކޮށް މަރާލާފައި އޮތް ހަތަރު ވަރަކަށް ބުޅާ މިހާތަނަށް ފެނިފައިވެއެވެ.

 

ބުޅާތައް މެރުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކުގައި ބުނެފައިވަނީ، ބުޅާތަކަށް އަނިޔާކޮށް މަރާފައިވަނީ ބޮލުގައި އެއްޗަކުން ތަޅައިގެން ކަމަށާއި އެކަން ކުރަމުން އަންނަނީ ގްރޫޕަކުން ކަމަށެވެ.

 

މިމައްސަލަ އަށް ހައްލެއް ހޯދުމަށް ހިއުމަން ސޮސައިޓީ އޮފް މޯލްޑިވްސް އިން މާލޭ ސިޓީ ކައުންސިލާ މިދިޔަ ހޮނިހިރު ދުވަހު ވަނީ ބައްދަލުކޮށް، އެކަމަށް ހައްލެއް ހޯދުމަށް މަޝްވަރާ ކޮށްފަ އެވެ.

 

ޖަނަވާރުންނަށް އަނިޔާ ކުރުމަކީ ގާނޫނީ ކުށެެކެވެ. ގާނޫނުލް އުގޫބާތުގައި ޖަނަވާރުންނަށް އަނިޔާކުރުމުގެ، ކުށުގެ އަދަބެއްގެ ގޮތުން އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލެވިދާނެ ކަމަށް ބުނެފައި ވެއެވެ.

މިއަދު އޮންލައިން