މުޖުތަމަޢު އިޞްލާޙް ކުރެވޭނީ އިލާހީ ޝަރީޢަތް (ﷲ ތަޢާލާ ބާވައިލެއްވެވި ހައްދުތައް) ތަންފީޒުކޮށްގެން ކަމަށާއި އިލާހީ ޝަރީޢަތުގެ މައްޗަށް، އަމިއްލައަށް ހަދާ ޤާނޫނުތައް އިސްކުރުން އިސްލާމީ ޝަރީޢަތުގައި ހުއްދަވެގެން ނުވާ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޒިނޭ ކުރި މުޙްސަން އަންހެނަކު ރަޖަމް ކުރުމަށް ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ކުރި ޙުކުމަށް ތަޢްރީފް ކުރައްވައި ޑރ. އިޔާޟް ވިދާޅުވީ އެ ހުޚުމް ކުރެއްވި ޤާޒީ، ޝައިޚް މުޙައްމަދު މޫސާގެ ސާބިތުކަމަށްޓަކައި ދިވެހިން ފަޚުރުވެރިވުން ޙައްޤު ކަމަށެވެ.
"މުޖުތަމަޢު އިޞްލާޙް ކުރެވޭނީ އިލާހީ ޝަރީޢަތް ތަންފީޒުކޮށްގެން. އިލާހީ ޝަރީޢަތުގެ މައްޗަށް، އަމިއްލައަށް ހަދާ ޤާނޫނުތައް އިސްކުރުން ހުއްދަވެގެނެއް ނުވޭ. ޤާޒީ ޝައިޚް މުޙައްމަދު މޫސާގެ ސާބިތުކަމަށްޓަކައި ދިވެހިން ފަޚުރުވެރިވުން ޙައްޤު."
Mujthama'u islaah kureveynee ilaahee shareeaiy thanfeez kohgen. ilaahee shareeathuge machchah vadh'ee (amilla ah hadhaa) qaanoon thah iskurun hudhdha vegen nuvey. Al Gaazee Sheikh Mohamed Moosa ge saabith kamah takai dhivehin fakhuruveri vun haggu.
— Dr Mohamed Iyaz (@dr_iyaz) January 7, 2019