ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ, މެލޭޝިއާގެ ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރު އަންވަރު އިބްރާހިމާއި ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމާ ގުޅިގެން އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އަންވަރާއި އިމްރާންގެ ބައްދަލު ކުރެއްވުމުގައި، އިސްލާމީ ހަރަކާތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ދެ ގައުމަށް ވެސް ފައިދާ ހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް ދެ ބޭފުޅުން އެއްބަސްވެ ވަޑައިގަތް ކަމަށެވެ.
މިނިސްޓަރ އިމްރާން އަންވަރާއި ބައްދަލު ކުރެއްވީ މެލޭޝިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
Prz of AP @ShimranAb met PKR Leader YB Dato Sri @anwaribrahim. Leaders discuss the challenges facing Islamic reform movement & agreed to work together for the best interest of both parties. Dato' Sri Anwar said he is delighted to meet AP prz & wish him & Maldivians all the best. pic.twitter.com/uBEZkwLiN6
— Adhaalath Party (@AdhaalathOffice) January 7, 2019