މިފަހަކަށް އައިސް ސޯޝަލް މީޑިއާގައި، ނަފްރަތުގެ ބަސްތައް ބުނުމާއި އިންޒާރު ދިނުން ފެތުރެމުންދާކަން ފާހަގަވަމުންދާ ކަމަށާއި އެފަދަ ކަންކަން ކުރުން ހުއްޓާލުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިފަހަކަށް އައިސް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން މުއާމަލާތް ކުރާއިރު، ނަފްރަތުގެ ބަސްތައް ރައްދުކޮށް އިންޒާރުވެސް ދެމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މިކަންކަން ފުލުހުންގެ އިދާރާއިން ތަހުގީގު ކުރަމުންދާނެ ކަމަށާއި އެހެންކަމުން އެކަކު އަނެކަކާއި މުއާމަލާތް ކުރާއިރު ދަށުދަރަޖައިގެ ބަސްތައް ބޭނުން ނުކުރުމަށާއި ޚާއްސަކޮށް އިންޒާރު ނުދިނުމަށް ފުލުހުން އެދިފައިވެއެވެ.
ސޯޝަލް މީޑިއާގައި މިފަދަ ބަސްތައް ބޭނުން ކުރާކަން ފާހަގަ ކުރެވި، އެފަދަ ކަންކަން ނުކުރުމަށް ފުލުހުން އެދިފައިވާއިރު، މިއީ ވަރަށް ގިނަ ބަޔަކު ކުރަމުން އަންނަ އާންމު ކަމެކެވެ. އެހެންކަމުން މިފަދަ ފިޔަވަޅެއް ފުލުހުން މިއަދު ނެގުމުން، ގިނަބަޔަކު ވަނީ އެއިދާރާއަށް ތައުރީފު ކޮށްފައެވެ.