ކެންޕޭނުކުރާއިރު އަވަށްޓެރިންގެ ހައްޤުތައް ހިމާޔަތްކޮށް ދިނުމަށް ޑރ. އިޔާޟް އިލްތިމާސް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކެންޕޭނުކުރާއިރު އަވަށްޓެރިންގެ ހައްޤުތައް ހިމާޔަތްކޮށް ދިނުމަށް ޑރ. އިޔާޟް އިލްތިމާސް ކުރައްވައިފި

ކެންޕޭނުކުރާއިރު އަވަށްޓެރިންގެ ހައްޤުތައް ހިމާޔަތްކޮށް ދިނުމަށް ޑރ. އިޔާޟް އިލްތިމާސް ކުރައްވައިފިއެވެ.

ޑރ. އިޔާޟް ވިދާޅުވީ ކައިރީ ގެތަކުގެ މީހުންނަށް އުނދަގޫވާވަރަށް އަޑުގަދަކޮށް ނުހެދި ނަމަވެސް ކެންޕޭނު ކުރެވިދާނެ ކަމަށާއި ވޯޓުދޭން ތިބި މީހުންނަށް އަރާމު ނިދި ލިބުނަ ދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މާލޭގެ ދާއިރާތަކަށް ގިނަ ބައަކު ކުރިމަތިލާނެ އިރު ކެންޕޭން ކުރުމަށް ހިންގާ ޙަރަކާތްތަކުން ގިނަބައަކަށް އުނދަގޫވާނެތީ އާއި އަދި މިހާރުވެސް އެފަދަ މައްސަލަތައް ކުރިމަތިވަމުން އަންނާތީ ކަމަށް ޤަބޫލުކުރެވެއެވެ.

ކެންޕޭނަށް ބާއްވާ ރެލީތައް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ބާއްވާއިރު މަގުބަނދުކުރާތީ އެ ހަރަކާތް އެތަނެއްގައި ހިނގާކަން ސަރަހައްދުގެ އެންމެންނަށްވެސް އެނގޭނެއެވެ. އެހެންކަމުން ޝައުޤްވެރިވާ ބައަކު އެތަނަށް ދާނެއެވެ. ހަމަ އެއާއިއެކު އެތަނަށް ނުދާ މީހުންނަށް ގަދަ ކަމުން އަޑު އިއްވަން އުޅުމުގެ ބޭނުމެއް މިހާރަކު ނެތެވެ. އެހެނީ ރެލީތައް ޗެނެލްތަކުން ލައިވް ކުރުމުން ގޭގައި ތިބެގެންވެސް އަޑުއަހައިލެވޭނެތީއެވެ.

ދާދި އަވަހަށް މާލޭގެ ގިނަ ސަރަހައްދުތަކެއްގައި ގިނަ ޖަގަހތަކެއް ހެދިގެންދާނެއެވެ. އެއިން ކޮންމެ ޖަގަހައަކުން އަޑުގަދަކުރާ ބޭނުންކުރާނަމަ މުޅި މާލެއަށްހެން ދާނީ އުނދަގޫވަމުންނެވެ.

ގޭގޭގައި ބަލިމީހުން ވެސް ތިބޭނެއެވެ. ކުޑަކުދިން ނިންދަވަންޖެހެއެވެ. ވީމާ އެއެންމެންގެ ޙައްޤުތަކަށްވެސް އިޙްތިރާމް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަވަށްޓެރިންގެ ޙައްޤުތަކަށް އިޙްތިރާމް ކުރުމަކީ ދީނީ ގޮތުން ވެސް އަދާކުރަންޖެހޭ ވާޖިބެއްކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން