ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި!

ކިޔުމަށް ހޭދަވާނީ 51ސ
ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި!

ލިޔުނީ: ޒިދާން މުހައްމަދު 

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ނައިބު  ފައިސަލް ނަސީމް، ދައުލަތުގެ ރަސްމީ ގެކޮޅު ހިލާލީގެއަށް އިއްޔެ ބަދަލުވެވަޑައިގެންފި އެވެ. އެ މަނިކުފާނު ހިލާލީގެއަށް ބަދަލުވެވަޑައިގަތީ އެމަނިކުފާނުގެ އާއިލާއާ ވެސް އެކުގަ އެވެ.

ނައިބު ރައީސް ހިލާލީ ގޭއަށް ދިރިއުޅުން ބަދަލުކުރެއްވި އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ދިރިއުޅުއްވަމުން ގެންދަވަނީ މުލިއާގޭގައެވެ.

ހިލާލީގޭގެ ތާރީހަށް ބަލާލާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އެގެ ބޭނުންކުރީ ސަރުކާރުގެ ހާއްސަ މެހެމާނުން ތިބޭ ތަނަކަށެވެ. އެގޮތުން ރާއްޖޭން ބޭރުން ވަޑައިގަންނަވާ ބައެއް ބޭފުޅުން އެތަނުގައި ތިއްބެވި އެވެ. އެއަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމައެކު ހިލާލީ ގޭގައި ދިރިއުޅުއްވަމުން ގެންދެވީ އެމަނިކުފާނުގެ ނައިބު ޑރ.މުހައްމަދު ވަހީދު އެވެ. އަދި އޭގެ ފަހުން ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް މުހައްމަދު ޖަމީލު ވެސް އުޅުއްވީ ހިލާލީގޭގަ އެވެ.

މިއަދު އޮންލައިން