ރައީސް ޔާމީން މިއަދުވެސް ފުލުހަށް ހާޒިރު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 8ސ
ރައީސް ޔާމީން މިއަދުވެސް ފުލުހަށް ހާޒިރު ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު ވެސް ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފިއެވެ. 

އެނގިފައިވާ ގޮތުގައި ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ކުރީ މެންދުރުފަހު 14:30 އަށެވެ. 

ކުރީގެ ރައީސް ޔާމީން އާއި ގުޅުން ހުރި މަނީ ލޯންޑަރިން މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު އެމަނިކުފާނުގެ ބޭންކު އެކައުންޓުތަކުގައި ހުރި 100 މިލިއަނެއްހާ ރުފިޔާ ވެސް ވަނީ ފްރީޒް ކޮށްފައެވެ.

އެމަނިކުފާނުގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތު\ތަކަކީ މަނީ ލޯންޑަރިން ގެ މައްސަލައަކާއި އޭސީސީން ބަލަމުން ގެންދާ އެމްއެމްޕީއާރްސީ ގެ ޚިޔާނާތު މައްސަލައިގެ ތަހުގީގަށް ދޮގު މައުލޫމާތު ދެއްވިކަމުގެ ތުހުމަތެވެ. މީގެ ކުރިން ވެސް ދެ ފަހަރެއް މަތިން ރައީސް ޔާމީން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފައެވެ.  

އެގޮތުން ފުރަތަމަ ދުވަހު ހާޒިރު ކުރީ އެމަނިކުފާނު ރިޔާސީ ކެމްޕޭނުގައި ބޭނުން ކުރެއްވި އެކައުންޓަށް ގިނަ އަދަދެއްގެ ނަގުދު ފައިސާ ޖަމާކޮށްފައިވާކަމުގެ ތުހުމަތުގައެވެ. އަދި މިދިޔަ އާދީއްތަ ދުުވަހު ރައީސް ޔާމީން ހާޒިރު ކޮށްފައިވަނީ އެމަކިނުފާނުގެ އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައިވާ އެމްއެމްޕީއާރްސީ ގެ އެއް މިލިއަން ޑޮލަރު ކަމަށް ޝައްކު ކުރެވޭ ފައިސާގެ މައްސަލައިގައި އޭސީސީގެ ތަހުގީގަށް ދޮގު މައުލޫމާތުތަކެއް ދިންކަމުގެ ތުހުމަތުގައެވެ.

 

 

 

 

މިއަދު އޮންލައިން