އަދީބުގެ ކުރީގެ ދެ ބޮޑީގާޑުން ގޭބަންދަށް ބަދަލު ކޮށްފި

ކިޔުމަށް ހޭދަވާނީ 44ސ
އަދީބުގެ ކުރީގެ ދެ ބޮޑީގާޑުން ގޭބަންދަށް ބަދަލު ކޮށްފި

ކުރީގެ ނައިބު ރަައީސް އަހުމަދު އަދީބުގެ، އެއިރުގެ ދެ ބޮޑި ގާޑުން ކަމަށްވާ އަހުމަދު އާމިރު އާއި އަހުމަދު ރިކާޒް ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލު ކޮށްފިއެވެ. 

"ފިނިފެންމާ" ލޯންޗުކޮޅު ގޮއްވާލިކަމުގެ ތުހުމަތުގައި އާމިރު އާއި ރިކާޒް ޖަލަށްލީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއްގައެވެ.

އެނގިފައިވާ ގޮތުގައި އެ ދެމީހުން ވަގުތީ ގޮތުން ގޭބަންދަށް ބަދަލު ކޮށްފައިވަނީ ހޯމް މިނިސްޓަރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުންނެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ކަރެކްޝަންސްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ރިޔާސީ ލޯންޗުކޮޅު ގޮއްވާލިކަމަށް ބުނާ މައްސަލައިގައި ދައުލަތުން އުފުލި ޓެރަރިޒަމްގ ދައުވާ ސާބިތުވެ، އަދީބުގެ މައްޗަށް ވަނީ 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އާމިރު އާއި ރިކާޒް ގޭބަންދަށް ބަދަލު ކޮށްފައިވަނީ މިއަދު މެންދުރުފަހު ހާއިރެވެ.

 

 

މިއަދު އޮންލައިން