ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާ ފަސް މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަންފަށައިފި އެވެ.
މި އަމުރުތަކާ ގުޅިގެން ހޯދަނީ ގ. ޒަމާނީއާކުލަ، އިސްމާޢީލް ސާމިޙު އަޙްމަދު (37އ) އާއި ތ.ތިމަރަފުށި، ބުރެވިމާގެ، އިބްރާހިމް ރަޝީދު (53އ) އާއި ހުޅުމާލެ ފްލެޓް 06-2-69، އަޙްމަދު މުޙައްމަދު (38އ) އާއި ރ. ކަނދޮޅުދޫ، ދޮންވެލި، މުޙައްމަދު ރީހާން (33އ) އާއި ސ.މީދޫ، މިރާޒް، މުޙައްމަދު ޟިރާރު (39އ) އެވެ.
މިމީހުންގެ ތެރެއިން އިސްމާޢީލް ސާމިޙު އަޙްމަދު އާއި އިބްރާހިމް ރަޝީދު ހޯދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖެނުވަރީ 13 ވަނަ ދުވަހުގެ 11:45 އަށް ސިވިލް ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
އަޙްމަދު މުޙައްމަދު ހޯދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖެނުވަރީ 13 ވަނަ ދުވަހުގެ 11:15 އަށް ސިވިލް ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
މުޙައްމަދު ރީހާން ހޯދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖެނުވަރީ 13 ވަނަ ދުވަހުގެ 13:00 އަށް ސިވިލް ކޯޓަށް ޙާޟިރުކުރުުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
މުޙައްމަދުޟިރާރު ހޯދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖެނުވަރީ 13 ވަނަ ދުވަހުގެ 11:20 އަށް ސިވިލް ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
މިމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާ ހިއްސާކުރުމަށް އެދެއެވެ.