ވަންދޫގައި މަސައްކަތްކުރާ ވެމްކޯ މުވައްޒަފުންނާ އެމްޑީ ބައްދަލުކުރައްވައި!

ކިޔުމަށް ހޭދަވާނީ 55ސ
ވަންދޫގައި މަސައްކަތްކުރާ ވެމްކޯ މުވައްޒަފުންނާ އެމްޑީ ބައްދަލުކުރައްވައި!

ލިޔުނީ: ޒިދާން މުހައްމަދު 

ރ. ވަންދޫގައި ހުންނަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޒިޔާރަތްކޮށް އެ ސެންޓަރުގައި މަސައްކަތްކުރާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން(ވެމްކޯ) ގެ މުވައްޒަފުންނާ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު (އެމްޑީ) އާދަމް މުޙައްމަދު ބައްދަލު ކުރައްވައިފިއެވެ. 

މި ބައްދަލު ކުރެއްވުމުގައި އޭނާ ވަނީ ކުނި ނައްތާލުމުގައި ދިމާވާ މައްސަލަތަކާއި ގޮންޖެހުންތަކާ ބެހޭ ގޮތުން މުވައްޒަފުންނާ މަޝްވަރާ ކުރައްވައިފައެވެ. އަދި އެ ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާ މެދުވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަމަށް މައުލޫމާތު ލިބިއެވެ. 

އާދަމްގެ މިދަތުރުގައި ރ އަތޮޅުގެ އެހެން ބައެއް ރަށްރަށަށް ވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކާ ބައްދަލު ކުރައްވައި ކުނި އުކާލުމަށް ދިމާވާ މައްސަލަތަކާ ބެހޭ ގޮތުން އެބޭފުޅުންނާ އޭނާ  މަޝްވަރާ ކުރެއްވެވިއެވެ.

 

މިއަދު އޮންލައިން