ބަންގްލަދޭޝްއިން ރާއްޖެއައި ފިރިހެނެއްގެ އަތުން 1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ބަންގްލަދޭޝްއިން ރާއްޖެއައި ފިރިހެނެއްގެ އަތުން 1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ބަންގްލަދޭޝްއިން ރާއްޖެއައި އުމުރުން 31 އަހަރުގެ ބަންގްލަދޭޝްފިރިހެނެއްގެ އަތުން 1.6 މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގެންފިއެވެ.

 

ކަސްޓަމްސް އިން ބުނީ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ބަނގްލަދޭޝްއިން ރާއްޖެއައި މި މީހާގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައިފާސްކުރުމުން މީނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައިހުރި ޕެކެޓްތަކެއްގައި 2084 އޮރެންޖް ކުލައިގެ ގުޅަތަކެއް ފެނިފފައިވާ ކަމަށެވެ. އަދި މި ތަކެތި ތަހުލީލުކުރިއިރު ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ އެމްޕެޓެމައިން (ޔާބާ) އަށް ޕޮޒިޓިވް ވެފައި ކަމަށާއި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 282 ގްރާމް ހުރިއިރު މި ތަކެތީގެ މަގުމަތީ އަގަކީ 1.6 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

 

މިމައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައި ކަމަށްވެސް ކަސްޓަމްސް ބުނެއެވެ.

މިއަދު އޮންލައިން