މާލޭގައި އަނިޔާވެރި ގޮތަކަށް ބުޅާ މަރަމުންދާ މައްސަލަ، ސީރިއަސް މައްސަލައެއް ގޮތަށް ބަލަން ފަށައިފި ކަމަށް ފުލުހުން މިރޭ ހާމަކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި މާލޭ މަގުމަތީގައި އެންމެ ގިނައިން ބުޅާ މަރާފައި ހުންނަނީ މައްޗަންގޯޅީގައެވެ. ނަމަވެސް ބައެއް އެހެން ހިސާބުތަކުގައި ވެސް ބުޅާ މަރާފައި ހުންނަތަން ފެނިފައިވެއެވެ.
މާލޭގައި ރަހުމު ކުޑަ ގޮތްގޮތަށް ބުޅާ މަރާ މައްސަލައިގައި ހިއުމަން ސޮސައިޓީ އޮފް މޯލްޑިވްސް އިން ވަނީ ފުލުހުންނަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.
އެޕެޓިޝަން ބަލައިގަތުމަށްފަހު ފުލުހުން ބުނެފައިވަނީ ބުޅާ މަރާ މައްސަލަ އެމުއައްސަސާއިން ބަލަން ފަށާފައިވާ ކަމަށާއި އެމައްސަލަ ބަލަން ފަށާފައިވަނީ ސީރިއަސް މައްސަލައެއް ގޮތުގައި ކަމަށެވެ.