އަދީބު ޖަލަށް ބަދަލުކުރީ އިގުރާރާއި ޚިލާފުވުމުން: ކަރެކްޝަންސް

ކިޔުމަށް ހޭދަވާނީ 51ސ
އަދީބު ޖަލަށް ބަދަލުކުރީ އިގުރާރާއި ޚިލާފުވުމުން: ކަރެކްޝަންސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދުން އަނބުރާ ޖަލަށް ކުއްލި ގޮތަކަށް ބަދަލުކުރީ، ގޭބަންދުކުރާ ގައިދީއާއި ގައިދީއާއި ހަވާލުވާ ފަރާތުގެ އިޤުރާރާއި ޚިލާފުވުމުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނެފިއެވެ. 

ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަދީބު ޖަލަށް އަނބުރާ ގެންދިޔައީ އިގްރާރާއި ޚިލާފުވުމުން މެޑިކަލް ޤަވާއިދުގެ 12ވަނަ މާއްދާގައިވާ ގޮތަށް ސިއްޙީހާލަތައް ރިއާޔަތްކޮށް އެފަދަ ހާލަތެއް ޖަލުގައި ގާއިމު ކުރުމަށް ފަހު ކަމަށެވެ. 

އަދީބު ޚިލާފުވެފައިވަނީ އިގުރާރުގެ ކޮންކޮން ބަޔަކަށް ކަމެއް ކަރެކްޝަންސްގެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އިގުރާރުގައިވާ ގޮތުން ނޫސްތަކަށް ބަޔާންދިނުމާއި، މީހުންނާއި ބައްދަލުކުރުމާއި ސިޔާސީ ހަރަކާތް ހިންގުމަކި މަނާ ކަމެކެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދުގައި ހުންނެވިއިރު ވަނީ ބައެއް ސިޔާސީ ފަރާތްތަކާއި ބައްދަލު ކުރައްވާ އަދި ރާއްޖޭގައި އަލަށް އުފެއްދެވި ސިޔާސީ ޕާޓީއަކަށް ސޮއި ވެސް ކުރައްވާފައެވެ.

މިއަދު އޮންލައިން