ރުޅިވެރިކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާ އިންޒާރުދޭ މީހުންގެ މައްސަލަތައް ފުލުހުން ތަހުގީގު މިހާރު ކުރަމުން ގެންދާ ތަހުގީގުގައި މިނިވަން ރޭޑިއޯގެ ނޫސްވެރިޔާ އައިޝަތު އާނިޔާ އާއި މިއަދު ސުވާލު ކޮށްފިއެވެ.
ފުލުހުންގެ އިދާރާއަށް މިއަދު އާނިޔާ ހާޒިރު ކުރިކަމަށް ފުލުހުން ބުނެފައިވާއިރު، އޭނާ ހާޒިރުކޮށް ސުވާލު ކުރެވުނީ ކޮންކަމަކާއި ގުޅޭ ގޮތުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން އާނިޔާ ބުނެފައިވަނީ ފުލުހުން އޭނާއާއި ސުވާލު ކުރީ ނޫން ކަމަށާއި މީހުންނަށް ބިރު ދެއްކުމުގެ މައްސަލަތައް ބަލަމުން އަންނައިރު "ކަންވީ ގޮތް ބަލަން ބޭނުންވީ" ކަމަށެވެ.
ދީނަށް ފުރައްސާރަވާފަދަ ބަސްތަކެއް މިފަހުން އާނިޔާ ޓްވީޓު ކޮށްފައިވުމުން ގިނަ ބައެއްގެ ނުރުހުމާއި ފާޑު ކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ.