މާލޭގެ މަގުތަކުގައި ހުރި 600 އަށް ވުރެ ގިނަ ޕެލެޓް ސިޓީ ކައުންސިލުން ނަގައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
މާލޭގެ މަގުތަކުގައި ހުރި 600 އަށް ވުރެ ގިނަ ޕެލެޓް ސިޓީ ކައުންސިލުން ނަގައިފި

މާލޭގެ މަގުތަކުގައި ހުރި 600 އަށް ވުރެ ގިނަ ޕެލެޓް މާލެ ސިޓީ ކައުންސިލުން ނަގައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ މާޅޭ މަގުތަކުގައި ޕެލެޓުތައް ބަހައްޓާފައި ހުންނަ ގޮތުން ގިނަ ބަޔަކަށް އުނދަގޫވެގެން ޝަކުވާ ކުރާ ކަމަށާއި އެހެންވެ މާލޭގެ މަގުތަކުގައި ހަލާކުވެފައި ހުރި ބައެއް ޕެލެޓު ތަކާއި މީހުނަށް އުނދަގޫ ވާނޭހެން ބަހައްޓާފައިވާ ޕެލެޓުތަށް ނެގުމުގެ މަސައްކަތް ފުލުުހުންނާ ގުޅިގެން ފަށާފައިވާ ކަމަށެވެ.

މިއަދު 40 ލޮރީގެ ޕެލެޓް މަގުތަކުން ނަގާފައިވާއިރު ބައެއް ކްލިނިކް ފަދަ ތަންތަނުން މިއަދު އެދުމުން އެފަރާތްތަކުން ބަހައްޓާފައި ހުރި ޕެލެޓްތައް ނުނަގާ ހުންނާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

 ކޮންމެ ހޮނިހިރު ދުވަހު ހެނދުނު 8 އިން 12 އަށް ހަލާކުވެފައި އަދި ގަވާއިދާ ހިލާފަށް ބަހައްޓަފައި ހުންނަ ޕެލެޓުތައް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މަގުމަތީގައި ޕެލެޓް ބެހެއްޓުމަށް އެއްވެސް ފަރާތަކަށް ހުއްދަދީފައި ނުވާއިރު ފަހަކަށް އައިސް އެއް މަގެއްގައި އެތަށް ބައިވަރު ޕެލެޓު ޖަހާ ޕާކު ނުކުރެވޭ ގޮތަށް ހަދާފައިހުންނަ ކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން