ކޯލިޝަން އެއްބަސް ވުމުގަ ނެތް އަދަދަކަށް މަޖިލިސް އިންތިޚާބުގަ ވާދަކުރަން އަދި ނުނިންމަން: ޖޭޕީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ކޯލިޝަން އެއްބަސް ވުމުގަ ނެތް އަދަދަކަށް މަޖިލިސް އިންތިޚާބުގަ ވާދަކުރަން އަދި ނުނިންމަން: ޖޭޕީ

ކުރިއަށް އޮތް މަޖިލިސް އިނތިޚާބުގައި ކޯލިޝަން އެއްބަސް ވުމުގައި ނެތް އަދަދަކަށް ވާދަކުރަން އަދި ނިންމާފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ. 

ޖޭޕީގެ އިސް ތަރުޖަމާނު ޢަލީ ޞާލިޙް ވިދާޅުވީ ޖޭޕީގެ ކައުންސިލުގެ 125 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ފަދައިން ޖޭޕީގެ ޓިކެޓްގައި ކުރިމަތިލަން ބޭނުންވާ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލެވިފައި ކަމަށެވެ. އަދި ވާދަކުރާނެ ދާއިރާތަކާއި އަދަދާއި ވާދަކުރާނެ ކެންޑިޑޭޓުން ހޮވާނެ ގޮތެއް ކަނޑައަޅާނީ ފަހުން ކަމަށެވެ. 

ޢަލީ ޞާލިޙް ވިދާޅުވީ ޢާންމު އިންތިޚާބަށް ކުރިމަތިލުމާއި ބެހޭ ގޮތުން ނިންމަން ޖެހޭ ކަންކަން ނިންމައި އިއުލާނުކުރަމުން ގެންދާނެ ކަމަށެވެ. އެހެންކަމުން ވަކި ގޮތަކަށް ޕާޓީން ނިންމުމުގެ ކުރިން މެންބަރުން ފައުޅުކުރަމުން އެގެންދަނީ އެ މެންބަރުންގެ އަމިއްލަ ޚިޔާލުތައް ކަމަށެވެ.

މިއަދު އޮންލައިން