ކުރިމަތިލުމުގެ ފުރުޞަތު 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވަނިކޮށް 26 ގެ ކުރިން ޕްރައިމަރީ ބާއްވަން އެންގުމުން ކަންބޮޑުވޭ: ޖޭޕީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކުރިމަތިލުމުގެ ފުރުޞަތު 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވަނިކޮށް 26 ގެ ކުރިން ޕްރައިމަރީ ބާއްވަން އެންގުމުން ކަންބޮޑުވޭ: ޖޭޕީ

އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 25  ވަނަ ދުވަހުގެ ނިޔަލަށް އެޕާޓީން ހުޅުވާލާފައިވަނިކޮށް ކުއްލި ގޮތަކަށް މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ސިޔާސީ ޕާޓީތަކުން ޕްރައިމަރީ ބާއްވަން އިލެކްޝަންސް ކޮމިޝަނުން އެންގުމުން ކަންބޮޑުވާ ކަމަށް ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު ޢަލީ ޞާލިޙް ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުން އެތެރޭގެ ޕްރައިމަރީ ބާއްވާނަމަ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ބާއްވަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހު ބުނެފައިވާތީ ޢަލީ ޞާލިޙް ވިދާޅުވީ އެފަދަ ނިންމުމެއް ނިންމާނަމަ އެކަން ކުރިއާލައި އަންގަން ޖެހޭނެ ކަމަށެވެ. އަދި ޢާންމު އިންތިޚާބެއްގެ ކަންކަމުގައި ކުއްލިކުއްލިއަށް ތާރީޚްތައް ކަނޑައެޅުމަކީ ބޮޑެތި ދަތިތައް ކުރިމަތިވާނެ ވެސް ކަމެއް ކަމަށެވެ. 

"މިޕާޓީން މިހާރު މިވަނީ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ހުޅުވާލައިފަ. ކުރިމަތިލައި ނިމުނީމަ ދެން ކަންކަން ނިންމާނެ ގޮތެއް އެނގޭނީ" ޢަލީ ޞާލިޙް ވިދާޅުވއެވެ.

"މިއީ މިޕާޓީން ޢާންމުކޮށް އިއުލާނުކޮށް ނޫސްތަކުގައިވެސް ހާމަކޮށްގެން ކުރިއަށް ގެންދާ ކަމެއް. އެހެންވީމާ މިކަން އިލެކްޝަންސް ކޮމިޝަނަށް ވެސް އެނގިފަ އޮންނާނެ ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ." ޢަލީ ޞާލިޙް ވިދާޅުވިއެވެ.

މިއަދު އޮންލައިން