މީގެ ކުރިން ދިވެހި ސަރުކާރުން ނުކުރާވަރުގެ ހޭދައެއް މި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ކޮށްދޭނެ: ނައިބް ރައީސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
މީގެ ކުރިން ދިވެހި ސަރުކާރުން ނުކުރާވަރުގެ ހޭދައެއް މި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ކޮށްދޭނެ: ނައިބް ރައީސް

މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ތައުލީމީ ދާއިރާއަށް ހޭދަ ނުކުރާވަރަށް މިހާރުގެ ސަރުކާރުން ތަޢުލީމީ ދާއިރާއަށް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވައުދުތަކުގެ ތެރެގައި ހިމެނޭ، ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 

ފައިޞަލް ނަސީމް ވިދާޅުވީ ރަނގަޅު ޖީލެއް ބިނާވެގެން ނޫނީ އަޅުގަނޑުމެންގެ ޤައުމުގައި އަމާންކަން ދެމިގެން ނުދާނެކަމަށެވެ. މިއަދު ހެނދުނު އަމީނިއްޔާ ސްކޫލްގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި، ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާ ކަމުގައި ވިދާޅުވިއެވެ.

އިލްމު އުނގެނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައި ފައިޞަލް ވަނީ މުދައްރިސުންގެ އަޑުއަހައި، މައިން ބަފައިންގެ ބަސްއަހައި، ފިލާވަޅުތަކަށް ޝައުޤުވެރިން ބަހައްޓައި، ފަސްވަގުތު ނަމާދުކޮށް ރަނގަޅު ނަތީޖާއެއް ހާސިލުކުރާ ކުދިންތަކަކަށް ވުމަށް ހުރިހާ ދަރިވަރުންނަށް ނަޞޭހަތްތެރިވެވަޑައިގެންފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅަށްފަހު، ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން އަމީނިއްޔާ ސްކުލްގެ ދަރިވަރުންނާއެކު ހެނދުނުގެ ނާސްތާގައި ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން