ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިންޑިއާ ސަފީރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިންޑިއާ ސަފީރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމްގެ އަރިހަށް، އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ކުރައްވަމުން ގެންދާވާ މަސައްކަތްޕުޅު ފަހަގަކުރައްވައި އޭނާއަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. މީގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތަކާއި އަދި ކުރިއަށް އޮތްތަނުގައި އެހީ ދެވިދާނެ ދާއިރާތަކާއިގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.

އިންޑިއާ ސަފީރު އަކިލޭޝް މިޝްރާގެ ވާހަކަފުޅުގައި، ދިވެހިންނާއި އިންޑިއާ ރައްޔިތުންނާ ދެމެދު އޮންނަ ޚާއްސަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކަށް ވަޑައިގެންނެވިއިރު، ދިވެހިންގެ މެހުމާންދާރީގެ ފުރިހަމަކަން ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. އަދި ސަރީފު ވަޑައިގެންނެވި ރަށްރަށުގެ ވެރިންނާއި ރައްޔިތުން ބެހެއްޓެވި ގާތްކަމަށްޓަކައި އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މިއަދު އޮންލައިން