ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފަނުވާތީ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި އަމުރުތަކާ ގުޅިގެން ހޯދަނީ ލ. ކުނަހަންދޫ، ލިލަކު، ޖަލީލް ޔޫސުފް (42އ) އާއި މ. މަޑުއްވަރި، ހަވީރީނާޒް، މުޙައްމަދު އިޝާމް (38އ) އެވެ.
މިމީހުންގެ ތެރެއިން ޖަލީލް ޔޫސުފް ހޯދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖެނުވަރީ 15 ވަނަ ދުވަހުގެ 10:30 އަށް ސިވިލް ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
މުޙައްމަދު އިޝާމް ހޯދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖެނުވަރީ 15 ވަނަ ދުވަހުގެ 11:05 އަށް ސިވިލް ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
މިމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާ ހިއްސާކުރުއްމަށް އެދެއެވެ.