ހޮޅުދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 46ސ
ހޮޅުދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ނ. ހޮޅުދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ނ. ހޮޅުދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް އާއްމުފަރާތަކުންދިން މަޢުލޫމަތަކާއި ގުޅިގެން ނ. ހޮޅުދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ޖެނުވަރީ 11 ވަނަ ދުވަހުރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ 25 އަހަރުގެ ފިރިހެނެކެވެ.

މިމީހާ ހައްޔަރުކުރީ ލޯޗު ހޮޅުދޫ ހުޅަނގުފަރާތުގެ ގޮނޑުދޮށަށް ކައިރިކުރި ވަގުތުއެވެ.

މިމީހާ ހުއްޓުވައި ބަލައިފާސް ކުރި އިރު އޭނާގެ އަތުގައި އޮތް ސިނގިރޭޓް ފޮއްށި ވަނީ އެއްލާލާފައެވެ. އަދި އޭނާގެ ހާޒިރުގައި އެފޮށި ނަގައި ބެލިއިރު މަސްތުވާތަކެތި އެއްޗެއްހުރި 143 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތެއްދީފައިވެއެވެ.

 

މިއަދު އޮންލައިން