ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބަށް މިފަހަރު ކުރިމަތިލާ ކެންޑިޑޭޓުން ދިރާސާކުރާ ކޮމިޓީގެ ރައީސަކަށް ޕާޓީގެ ރައީސް ޢަލީ ވަޙީދު އަދި ނައިބަކަށް ކައުންސިލް މެންބަރު އަހްމަދު ޢުމަރު ހަމަޖައްސައިފިއެވެ.
ރޭ ބޭއްވި ޖޭޕީޣެ 126 ވަނަ ކައުންސިލު ބައްދަލުވުމުގައި ވަނީ އެކަމަށް މެންބަރުންގެ ކޮމިޓީއެއް ހޮވައިފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ރޭ ވިދާޅުވީ ޖުމްހޫރީ ޕާޓީން ކުރިމަތިލާނެ ގޮނޑީގެ އަދަދު އެނގޭނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ކުރިމަތިލާ ކެންޑިޑޭޓުން ކުރިމަތިލައި ނިމުމުން ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ކުރިމަތިލާން ބޭނުންވާ މީހުންނަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީން ހުޅުވާލާފައިވާ ކަމަށެވެ.
ކޮމިޓީގެ މަސައްކަތްތައް ކުރިއާލައި ފަށައި 26 ހައިތަނުގައި ކުރިމަތިލާނެ ކެންޑިޑޭޓުންނާއި ދާއިރާތައް އިއުލާނުކުރެވޭވަރުވާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށްވެސް ޤާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.