ނައިބް ރައީސް ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ނައިބް ރައީސް ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު މާލެ އަތޮޅު ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ މި ޒިޔާރަތުގައި ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި މަސައްކަތްތައް ކުރިއަށް ދާގޮތް އޮޅުންފިލުއްވައި، ތަނުގެ މިހާރުގެ ހާލަތުބައްލަވައިލެއްވި ކަމަށވެެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހިންމަފުއްޓަށް ކުރެއްވި މި ޒިޔާރަތުގައި ހިންމަފުށީ ކައުންސިލް މެންބަރުންނާ ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ހިންމަފުށީ ސްކޫލަށާއި، ހިންމަފުށީ ހެލްތް ސެންޓަރަށްވެސް ޒިޔާރަތްކުރެއްވިއެވެ.

 

 

މިއަދު އޮންލައިން