އައްޑޫގައި ބޭނުންކުރާ ހެލިކޮޕްޓަރު، އެޑްވާންސްޑް ލައިޓް ހެލިކޮޕްޓަރަކަށް ބަދަލުކޮށްފިއެވެ. އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ހެލިކޮޕްޓަރު ބަދަލުކުރީ އިއްޔެ ކަމަށެވެ.
ޚަބަރުގައިވާ ގޮތުން ހެލިކޮޕްޓަރު އައްޑޫއަށް ގެންދިއައީ ފަރިތަކުރުންތަކަށް މިހާރު ރާއްޖެއައިސް އުޅޭ އިންޑިއާ މަނަވަރުގައެވެ. އަދި ކުރިން ބޭޏުން ކުރަމުން އައި ހެލިކޮޕޓަރު ވަނީ މަނަވަރުގައި ގެންގޮސްފައެވެ.
މިއީ ދެ ޤައުމުގެ ގުޅުން މިހާރު އިތުރަށް ބަދަހިވެފައިވާތީ ގެނެވުނު ބަދަލެއް ކަމަށްވެސް ބުނެފައިވެއެވެ.