ޙުސައިން ވަޙީދުގެ ޚާއްޞަ ހަފްލާއެއް މިރޭ ބިލަބޮންގ ސްކޫލުގަ ‍ ދާއިރާގެ އެންމެންނަށް ދައުވަތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
ޙުސައިން ވަޙީދުގެ ޚާއްޞަ ހަފްލާއެއް މިރޭ ބިލަބޮންގ ސްކޫލުގަ ‍ ދާއިރާގެ އެންމެންނަށް ދައުވަތު!

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ހުސައިން ވަޙީދު، ދާއިރާގެ އެންމެނަށް ދައުވަތު ދެއްވައިގެން ބާއްވަވާ ޙަފްލާއެއް މިރޭ ބިލަބޮންގ ސްކޫލް (ކުރީގެ އީޕީއެސް)ގައި އޮންނާނެއެވެ. 

މިރޭ 8.30 ގައި ބާއްވާ މި ހަފްލާގައި ރައީސް މުޙައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ށ. ފޯކައިދޫއަށް ނިޞްބަތްވެވަޑައިގަންނަވާ ޙުސައިން ވަޙީދު ވަނީ މީގެ ކުރިން ވެސް ކޮމަންޑޫ ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ.

ކޮމަންޑޫ ދާއިރާގެ މިހާރުގެ މެންބަރަކީ އޭޑީކޭ ނާޝިދު އެވެ. ނާޝިދު މިފަހަރު ވާދަ ނުކުރައްވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިއަދު އޮންލައިން