ޤައުމީ ބޭންކު ކަމަށްވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންތަކެއް އެތައް މިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރި ވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މިކަމުގެ ވާހަކަ އެންމެ ފުރަތަމަ ފެތުރިފައިވަނީ މީސް މީޑިއާ ގައެވެ. ބީއެމްއެލްގެ މުވައްޒިފުންތަކެއް އަށް މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް މީސް މީޑިއާގައި ޚަބަރު ފެތުރެމުން ދިޔައެވެ.
މީސް މީޑިއާގައި މިކަން އާންމުވެފައިވީއިރު، ބީއެމްއެލް ގެ އިންޓާނަލް އޯޑިޓުން އަންނަނީ އެމައްސަލަ ބަލަމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.
ބީއެމްއެލް އިން މިކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ދެއްވާފައި ނެތް ނަމަވެސް، އެބޭނުންކުން މިކަން ދޮގެއް ނުކުރެއެވެ.
"އެއްވެސް މުވައްޒިފަކު ޤަވާއިދާ ޚީލާފު ކަމެއް ކޮށްފިނަމަ ތަހުގީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހުގީގުކޮށް، އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަޅާނެ" ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުޙައްމަދު ސައީދު ވިދާޅުވިއެވެ.